6 ސެޕްޓެމްބަރ 2010
ފަހުގެ ސުރުޚީތަކުގެ ތެރެއިން:


ތިމާވެށި – މައުމޫނުގެ ބޮޑު މައުޟޫޢު

30 ނޮވެމްބަރ -0001 - ހަސަންމަނިކު



މައުމޫން- ހަމައެކަނި ވެރިކަމުގައި ހުރިކަން ގައުމަށްވާ އެއްވެސް ފައިދާއެއްނެތް (ފޮޓޯ - )

ތިމާވެށީގެ ބައްޕަ ކަމަށް ހެދިގެން އުޅޭ މައުމޫނު ރާއްޖޭގެ ތިމާވެށި ހިމާޔަށް ކުރުމަށް ކުރަނީ ކޮންކަމެއްތޯއެވެ. އަގު ބޮޑު ކޯޓުކޮޅުތަކުގައި ދުނިޔޭގެ ކަންކޮޅު ތަކަށްގޮސް ތަޤުރީރު ކުރުމެވެ. އަދި ތިމާވެށީގެ ފެހިފަތް ދިނުމެވެ. ތިރީސް އަހަރު ދުވަހު ތިމާވެށި ހިމާޔަތްކުރުމަށް ތަގްރީރު ކުރަން ކުރި ދަތުރުތަކުގެ ހަރަދަށް ހޭދުކުރި ފައިސާ ރަށްރަށުގެ ތޮށިލުމަށް ހޭދަކުރި މިހާރު ރާއްޖޭގައި ރަނގަޅު ތޮށި އޮންނާނީ ލެވިފައެވެ.


މާލެތޮށްޖެހި ދިރިއުޅެން ހެޔޮނުވާވަރުގެ ތަނަކަށް ވެގެންދިޔައިރު މައުމޫނު ހުންނެވީ ކުޅިބައްލަވާށެވެ. އެންމެ ކުޑަމިނުން ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް މާލޭގައި ގާއިމް ކޮށް ނުދެވުމުގެ ސަބަބުން ކާރާއި ސައިކަލުތަކުން ރަށްމިވަނީ ފުރިފައެވެ. މީހުން ތޮށްޖެހި ޑިއުޓީބަހައިގެން މީހުން ނިދަން ޖެހުނުއިރު މާލެފަދަ އެހެންރަށެއް ނުވަތަ އެހެން ސަރަހައްދެއް ބިނާނުކުރެވުނުތަނުގައި އެފަދަ ކަމެއް ކުރާނެ ގޮތްވެސް މައުމޫނަކަށް ނޭންގެއެވެ. މައުމޫނު ފަދަ ތަޖްރިބާ ކާރު މީހަކު ނުލިބުނު ނަމައޭ ހިތަށް ނާރާ މީހަކު ގައުމަކުނެތެވެ.


ތިމާވެށީގެ ވާހަކަ އަކީ ހަމައެކަނި ޖަލްސާތަކުގައި ދައްކަން އޮންނަ ވާހަކައެކެވެ. ރައްތަކަށް އުދައަރާ ގިރާ ހުސްވަމުން ދާއިރުވެސް ސަރުކާރުން ކުރާ ހަމަ އެއްކަމެއްވެސް ނުފެނެއެވެ. ފުރިހަމަ ގޮތެއްގައި އެންމެ ރަށެއްވެސް ނަމޫނާ ރަށެއްގެ ގޮތުގައިވެސް ހެދިފައެއް ނެތެވެ. ތަރައްޤީގެ ކަންފުޅެއް ކިރިޔާވެސް ލިބުނީ މާލެއަށް ކަމުގައި ވި އިރު މާލެއަކީ މިއަދު އިންސާނުން ދިރިއުޅެން ހެޔޮވާވަރުގެ ރަށެއްނޫނެވެ.

 



މައުމޫނުގެ ތިމާވެށީގެ ސިޔާސަތަށާއި ލިބިފައިވާ ތަޖްރިބާއަށް އަޅުގަނޑު ސަލާމެވެ. ތިޔަބޭފުޅުންނޯ؟
]]>