އަންނިގެ ފުރަތަމަ ވަޢުދު ވެސް ފުއްދައެއްނުދެވުނެވެ.

އަންނި- ބުނާ ބަހާއި އަމަލާ ދިމާނުވުމުގެ ކޮޅުމަތި ފެންނަންފެށީބާ (ފޮޓޯ - )
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަންނި އޭނާގެ ރަނިންމޭޓް މިރޭ އިޢުލާނު ކުރާނެކަމަށް ބުނެ ކެމްޕޭނު އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމީ ބައްދަލުވުން މިރޭ ނިމިގެން ދިޔައީ އެކަން ފުރިހަމަ ނުކުރެވިއެވެ. އަންނި މިއަދު މެންދުރު ބުނެފައިވަނީ މިރޭ ރަނިންމޭޓު ނުވަތަ އަންނިގެ ވެރިކަމެއްގައި ނާއިބުރައީސްކަން ކުރާނެފަރާތް ހާމަކުރުމަށް މަޝްވަރާ ކުރަންޖެހޭ ހުރިހާ ފަރާތްތަކާ ވާހަކަދައްކާ މިހާރު ނިމިފައިވާކަމަށާއި މިރޭ އެކަން އާންމުންނާ ހިއްސާކުރާނެކަމަށެވެ.
ނަމަވެސް އެކަންފުރިހަމައެއް ނުކުރެވުނެވެ. ބެލެވޭގޮތުގައި އެމްޑީޕީއަށް ނުވަތަ އަންނިއަށް އެއަށްވުރެ ރަނގަޅު ގޮތްތަކެއް ވެދާނެކަމަށް ފެންނަންއޮތީއެވެ. ފޮނި އުންމީދުތަކެއް އަދިވެސް ފެންނަން އޮތީއެވެ. މިވަގުތު ރަނިންމޭޓެއް އިޢުލާނުކުރުމަކީ އެހާ ބުއްދިވެރި ކަމެއްކަމަށް ނުފެނުނީއެވެ. އެއީ މާބޮޑު މައްސަލައެއްނޫންކަމަށް ބައެއްފަރާތްތަކަށް ފާހަގަ ކުރެވުނަސް އެހާއަވަހަށް ހިޔާލު ބަދަލުވުމަކީ މައްސަލައެކެވެ. ޤައުމުގެ ރައީސްކަމަށް ފައިނަގާ މީހުންގެ ކޮންމެވެސް ވަރެއްގެ ސާބިތުކަމެއް ހުންނަންޖެހޭނެއެވެ. ތިމާ ވޯޓުލާނެ މީހަކު ނިންމަންވާނީ ރައްޔިތުންވެސް ވަރަށް ބޮޑަށް އެމީހަކާ މެދު ވިސްނާފައެވެ. އެމީހަކީ އިރުކޮޅުކޮޅުން ކަންކަމުގައި ހިޔާލު ބަދަލުވާ މީހެއްނަމަ އެއީ މައްސަލައެކެވެ. އަޅުގަނޑަށް އެއީ މައްސަލައެކެވެ. ފަހަރެއްގައި ތިބޭފުޅާއަށް އެއީ މާބޮޑު ކަމަކަށް ނުވެދާނެއެވެ.

