6 ޖެނުއަރީ 2009
ފަހުގެ ސުރުޚީތަކުގެ ތެރެއިން:


ތިރީސް އަހަރުން ކަންތައްތަކެއް ކޮށްދީފިއެވެ.

30 ނޮވެމްބަރ -0001 - ޢަބްދުއް ޝަކޫރު



މައުމޫން- ތިރީސް އަހަރު ވެރިކަން ކުރިއިރު ގައުމުވަނީ ދަރާވިކިފައި (ފޮޓޯ - )

ރާއްޖޭއަށް ލިބޭ ބޮޑު އާމްދަނީއަށް ބަލާއިރު ގިނަ ކަންތައްތަކެއް ރައީސްމައުމޫނު ވަނީ ކޮށްދީފައެވެ. މިއީ އެއްވެސް ދިވެއްސަކު ދެބަސްވާނެ ކަމެއްނޫނެވެ. ރައީސްމައުމޫނު 1978 ގައި ވެރިކަމާ ހަވާލުވިއިރު ރާއްޖޭގައި ޕާޓޭންނެއް ނޫޅެއެވެ. ޑުރަގަކީ ދިވެހިން ދަންނަ އެއްޗެއްނޫނެވެ. ނަމަވެސް އެމަނިކުފާނާއި އެމަނިކުފާނުގެ ގާތް އެކުވެރިންގެ ދެއުޅިއެއްނުވާ ސިޔާސަތުގެ ދަށުން މުޅިގައުމުގެ ޒުވާން ޖީލުވަނީ މަސްތުވާ ތަކެތީގެ ވަބާގައި ޖައްސާ މުޅިން ހަލާކު ކޮށްފައެވެ. އަދި މިއިން ކަމެއްގައި ބެދި ޝަރީޢަތުގެ ކުރިމައްޗަށް ހާޒިރުކުރެވޭ މީހަކުވެސް ޙުކުމްއިއްވާތާ މަދު ދުވަސް ކޮޅެއްގެ ތެރޭގައި މާފު ލިބެއެވެ. ދާދި ފަހުން އިވިގެން ދިޔަ ހަބަރަކީ މާލޭގައި ބަނގުރާ ގުދަންކޮށް ރަލުގެ ވިޔަފާރި ވަރަށް ފުޅާދާއިރާއެއްގައި ކުރަމުންދިޔަ މީހަކަށް ޙުކުމް ކުރެވުނުތާ އެންމެ ހައެއްކަ މަސްވެސް ނުވަނީސް ރައީސް މައުމޫނުގެ އޯގާވެރި ކަމުން މާފު ދީ އަނެއްކާވެސް އެވިޔަފާރި ކުރުމަށް ދޫކޮށް ލެވުނު ތަނެވެ. މިފަދަ ރައީސަކު، ގައުމުގެ ޒުވާނުން މަސްތުވާ ތަކެތީގެ ވަބާގައި ޖައްސައިގެން ގެންގުޅުމުގެ ނުހަނު ހުނަރުވެރި ރައީސަކު އަދި  ވެސް އިތުރު ދައުރަކަށް ހޮވުމީ ކޮންމެ ހެން ކުރަން ޖެހޭނެކަމެއްނޫންތޯއެވެ. މިހިރީ އެމަނިކުފާނުގެ ދިގު ވެރިކަމުގައި އެންމެފުރިހަމައަށް ތަންފީޒުކުރި ފުރިހަމަ ސިޔާސަތު ތަކެވެ.


ބޯހިޔާވަހިކަމަކީ އަނެއް ކާމިޔާބު ވިސްނުން ފުޅެވެ. ތިރީސް އަހަރުވީއިރުވެސް މިކަން ހައްލުކުރުމަށް ކުރަންވާ ކަންކަން ރައީސް މައުމޫނަކަށް ނޭންގުނެވެ. ލިބޭ އާމްދަނީކޮޅު މިޖެހެނީ ގޭގެ ކުލީގެ ގޮތުގައި ގޭގެ ވެރިފަރާތަށް ހަވާލު ކުރާށެވެ. ކިހާ ފުރިހަމަތޯއެވެ. ރައްޔިތުން ތަންތަން ކުށްޔަށް ހިފައިގެން އުޅެމުން މިދާ ނިކަމެތި ހާލު ނޭންގޭވަރުގެ ކުޅަދާނަ ރައީސަކު ބޭނުންވޭނުންވޭތޯއެވެ. އަދި ފަސްއަހަރު ކީއްތޯއެވެ. ފަނައަހަރު ހުއްޓަސް ތިޔަ ވާނީ ހަމަ ތިޔަށެވެ.


ފަހުރުވެރި ކަމާއެކު ރާއްޖެއަށް ލިބޭ އާމްދަނީ ބޮލަކަށް ތިންހާސް ނުވަ ސަތޭކަ ޑޮލަރު ޖެހޭވާހަކަ ބުނާއިރު އެޖެހެނީ ހަމައެކަނި ބޮލަށެވެ. އަތަކު ނުޖެހެއެވެ. މި ސަރަހައްދުގައިވެސް އެންމެ ބޮޑު އެއްޗެއް ބޮލަށް ޖެހޭ އާބާދީއޮތް ގައުމަކީ މިއެވެ. ނަމަވެސް އާބާދީ ދެބައިކުޅަ އެއްބައި މީހުންނަކީ އދ.ގެ ނިސްބަތުން ފަގީރުންނެވެ. ކިހާ ފުރިހަމަ ސިޔާސަތެއް ގެންގުޅުއްވި ވެރިއެއްތޯއެވެ. އެހެންވީމާ ރައްޔިތުން މިއުޅޭ ބިކަ ހާލުގައި އުޅުމަށް އިތުރު ފަސްއަހަރަށް މައުމޫނު ހޮވަން ޖެހޭތޯ ނިންމަވާނީ ތިޔަބޭފުޅުންނެވެ. ކޮންމެ މީހަކީވެސް އެމީހަކަށް ލިބިފައިވާ ވޯޓުލުމުގެ ހައްޤު އެންމެ ފުރިހަމަގޮތުގައި މިނިވަންކަމާއެކު ހިފަންޖެހޭނެ މީހެކެވެ.


ދުނިޔޭގެ ނިސްބަތުން މެދުފަންތީގެ ކުންފުންޏެއްގެ މުވައްޒަފުންހާ އާބާދީ މަދުއިރުވެސް މިއުޅެނީ މި ކުޑަކުޑަ އާބާދީ މެނޭޖް ނުކުރެވިގެންނެވެ. އުމުރުން ދުވަސްވެ މުސްކުޅި ވުމުގެ ސަބަބުން ކަންކަން މެނޭޖް ނުކުރެވި ހަމައިން ނެއްޓުނަސް ދޫކުރުމެއްނެތެވެ. މިކަން ދަންނަންވީ ރައްޔިތުންނެވެ.

 


]]>