6 ސެޕްޓެމްބަރ 2010
ފަހުގެ ސުރުޚީތަކުގެ ތެރެއިން:


މައުމޫނަށް ކުރިމަތި ލެވޭނެތޯ ސުވާލު އުފެދޭތޯއެވެ.

30 ނޮވެމްބަރ -0001 - ޝަކީބު



މައުމޫން- މެދުގައި، ގަދަބާރުންވެސް ކުރިމަތިލާނެ- ހައްލަކީ ވޯޓު ނުލުން (ފޮޓޯ - )

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކިނބިގަސްދޮށުގޭ މައުމޫނަށް ރައީސްކަމަށް ކުރިމަތި ލެވޭނެތޯ މިއީ، ވަރަށް ގިނައިން މިހާރަކަށް އައިސް ކުރެވޭ ސުވާލެކެވެ. މިސުވާލުގެ ސަބަބުން ގާނޫނު އަސާސީ އިސްލާޙް ކުރުމުގެ މަސައްކަތުގައި "އާގާނޫނު އަސާސީއެއްތޯ" ނުވަތަ "އިސްލާޙް ކުރެވުނު ޤާނޫނު އަސާސީއެއްތޯ" ކުރެވުނު ބަހުސްގެ އަޑު ގަދަވެގެން ދިޔައެވެ. މިބަހުސް ފެށުނީ ހަމައެކަނި މައުމޫނަށް ހަތްވަނަ ދައުރަކަށް ރައީސްކަމަށް ކުރިމަތި ލެވޭނެތޯ ނުވަތަ ނޫންތޯ ކަނޑައަޅަން ޖެހުމުންނެވެ. އިސްލާޙް ކުރެވުނު ގާނޫނު އަސާސީގައި ވާގޮތުން އެއްވެސް ހާލެއްގައި އެއްވެސް މީހަކަށް ދެދައުރަށް ވުރެ އިތުރަށް ރައީސްކަމަށް ކުރިމަތި ނުލެވޭނެކަމަށް ވަރަށް ސާފުކޮށް ގާނޫނު އަސާސީގައިވަނީ ބަޔާން ވެފައެވެ. އެހެންވީމާ ހަދައުރު ފުރިހަމަ ކޮށްފައިވާ މައުމޫނަށް ރާއްޖޭގެ ރައީސްކަމަށް ކުރިމަތި ނުލެވޭނެކަމީ ކަށަވަރު ކަމެކެވެ.


ދިވެހި ރައްޔިތުންނަށް އެނގެންވީ ކަމަކީ ރައީސްމައުމޫނު ގާނޫނާއި އެއްގޮތަށްވިއަސް ނުވަތަ ގާނޫނާ ހިލާފަށްވިއަސް ވެރިކަމަށް ކުރިމަތި ލާނެކަމެވެ. ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ޒިންމާއަކީ އެމީހަކަށް ލިބިފައިވާ ވޯޓުލުމުގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމެވެ.


މައުމޫނު އެންމެ ފުރަތަމަ ވެރިކަމަށް ހޮވުމާގުޅިގެން 1978ގައި ހުވާކުރި އިރުވެސް ހުރީ ގާނޫނާ ހިލާފަށް ހަތިޔާރު ހޯދައިގެން އެހިފައިގެން ކަމަށް އޭނާވަނީ އަމިއްލައަށް އިއުތިރާފު ވެފައެވެ. މިކަމުގައި އޭނާގެ އިތުރުން އޭނާއާއި އެދުވަސްވަރު ބައެއް ސިފައިންވެސް ވަނީ ބައިވެރިވެފައެވެ. މިހިރީ އޭނާ ވެރިކަމަށް ދަހިވެތިވެފައިވާ މިންވަރެވެ. އަދި މިހާރު ތިރީސް އަހަރު ވެރިކަން ކުރުމަށް ފަހުވެސް، ގާބިލު އެތަށް ބަޔަކު ކުރިމަތިލާފައިވަނިކޮށް ވެސް އޭނާ ހަމަ އެހެރީ ކޮންމެ ގޮތަކުންވެސް ހަތްވަނަ ދައުރަކަށް އިންތިހާބު ވުމަށް ކަމަރު ބަނދެގެންނެވެ. ރާއްޖޭގެ ކޮންމެ ދިމާއެއްގައިވެސް މައުމޫނަށް ނަފްރަތު ކުރާ އަޑުވަނީ ގުގުމާފައެވެ. ނަމަވެސް މައުމޫނަކީ ވަރަށްބޮޑަށް ވެރިކަމަށް ދަހިވެތި ވެފައިވާ މީހަކަށްވާތީ ގާނޫނަކީ އޭނާއަށް އެއްވެސް ގޮތަކުން ބޯލަބަން ޖެހޭ މީހެއްކަމަކަށް އޭނާގަބޫލެއް ނުކުރެއެވެ. އާންމު ބަހުރުވައިންނަމަ އޭނާ ހުންނާނީ "އެބޯދަލޯ" ގައެވެ.


ގާނޫނީ ހަމަތަކުން މައުމޫނަށް ކުރިމަތި ނުލެވިއްޖެނަމަ ބަޑި ދިއްކޮށްގެން ސިފައިންނާއި ފުލުހުންނާއި އެހެންވެސް މީހުންގެ އެހީގައި މައުމޫނު ކުރިމަތި ލާނެކަމީ ކަށަވަރު ކަމެކެވެ.


ރައްޔިތުންނަށް ލިބިފައިވާ ވޯޓުލުމުގެ ހައްޤު އެންމެ ފުރިހަމަޔަށް ބޭނުންކޮށްގެން މައުމޫނު ލަދު ގަންނަވާލަން ލިބިފައިމިވާ  ފުރުސަތު ގެ ބޭނުން ހިފަން އެބަޖެހެއެވެ. ރާއްޖޭގައި ގާނޫނުގެ ޙުކުމް ހިންގޭނީ މައުމޫނަށް ފަހުގައެވެ. އެހެންވީމާ ކުރަންވީ ކަމަކީ އޭނާއަށް ވޯޓު ނުލަންވީއެވެ. އޭނާޔާ އެއްފެންވަރަށް ވެއްޓި ޖަދަލު ކުރުމުގެ ބޭނުމެއްނެތެވެ. ތިމާއާއި ތިމާގެ އާއިލާގެ ފަރާތުން މައުމޫނަށް ވޯޓު ނުދީފިނަމަ އޭނާއަށް ވޯޓު ދޭނެ މީހަކު ނުހުންނާނެއެވެ. މައުމޫނަށް ފުރަގަސް ދޭންޖެހޭ ވަގުތު މިއޮތީ އައިސްފައެވެ.

 


]]>