6 ޖެނުއަރީ 2009
ފަހުގެ ސުރުޚީތަކުގެ ތެރެއިން:

ފޮރިން މިނިސްޓަރ ބަންގާޅީންނަށް ވަޒީފާ ހޯދައިދިނުމުގެ މަސައްކަތުގައި

30 ނޮވެމްބަރ -0001 - އަލީ ޝަރީފް

ބަންގާޅީން- ދިވެހިންނަށް ވުރެ މިހާރު އިސްކަންދެވޭ (ފޮޓޯ - )

މައުމޫނު ސަރުކާރުން ރައްޔިތުންނަށް ކުރަނީ ކޮންފައިދާއެއްތޯ މިއީ މިއަދު ނުކޮށް ދޫކޮށްލެވެންނެތް ސުވާލެކެވެ. ޒުވާނުންތައް ބޭކާރުވެގެން މަގުމަތީގައި ފަތްބޮއެ މާރާމާރީ ހިންގުމަށް މިތިބީ ދޫކޮށްލެވިފައެވެ. މި ފަހަރުގެ ސާކް ސަމިޓަށް ފަހު ސިހުން ގެނުވި އެއް ހަބަރަކަށް ވެގެންދިޔާއީ ފޮރިންމިނިސްޓަރ ޢަބްދުﷲ ޝާހިދު ބަންގުލަދޭޝްގެ އިތުރު މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް ވަޢުދުވި ހަބަރެވެ.

މިހާރުވެސް ރާއްޖޭގައި ލައްކައަކާ ގާތަށް ބޭރުމީހުން ތަފާތުވަޒީފާތަކުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ރާއްޖޭގެ ޒުވާނުން ވަޒީފާތަކަށް ތަމްރީނުކޮށް، ވަޒީފާތަކަށް މީހުންނެރުމަށް ހަރުދަނާ މަސައްކަތްތަކެއް  ނުކުރާތަނުގައި ރާއްޖެއަށް ބޭރުމީހުން އިތުރުކުރުމަށް ސަރުކާރުން ސަމާލުކަމެއް ދޭން ރާވަމުން ދިއުމަކީ ގަނޑުވަރު ތެރޭގެ ނުފޫޒުތަކެއް ފޯރައިގެން ދިމާވި ކަމެއްކަމަށް ވަރަށްބޮޑަށް ބެލެވެއެވެ.

މިހާރުވެސް އެތައް ޒުވާނުންނެއްވަނީ އަދާކުރާނެ ވަޒީފާއެއް ނެތި ބޭކާރު ކޮށްލެވިފައެވެ. ސުކޫލްތަކުން ކިޔަވައިދޭ އެއްޗަކާ ވަޒީފާގެ ބާޒާރަކާ މާބޮޑު ގުޅުމެއްނެތެވެ. އިންޑަސްޓްރީއަށް ބޭނުންވާ މީހުންނުލިބުމުގެ ދަތިކަން ކޮންމެ އިންޑަސްޓްރީއަކުންވެސް ދަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ތަހައްމަލު ކުރަމުންނެވެ. މިކަންކަން ހައްލުކުރުމަށް ފާއިތުވި ތިރީހަކަށް އަހަރު ކުރެވުނު މާބޮޑު ކަމެއްނެތެވެ.

ގައުމުގައި ބޭރުމީހުން ފުނިޖެހިފައިވާއިރު އަދިވެސް އިތުރަށް ބޭރު މީހުން މިރާއްޖެއަށް ގިނަކުރުމަށް ރާވާ ސަރުކާރަކަށް އާއެކޭ ބުނާނެ ރައްޔިތަކު ހުންނާނެ ބާވައެވެ.

]]>