ވޯޓު ލުމުގެ ހައްޤު މިނިވަންކަމާއެކު ބޭނުންކުރުން

ރައްޔިތުން- އެމީހުންނަށް ލިބިފައިވާ ވޯޓު ލުމުގެ ހައްޤުގެ ބޭނުން ފުރިހަމައަށް ހިފުން މުހިންމު (ފޮޓޯ - )
މީ އެއްކަލަ ސީޒަން ތެރެއަށް ޤައުމު ވަންނަވަގުތެވެ. ވޯޓު ސީޒަނެވެ. މެމްބަރުން ތިލަވާ ދުވަސްކޮޅެކެވެ. ސަރުކާރުން ވަޢުދުތައްވާ ދުވަސްކޮޅެވެ. ރައްޔިތުންގެ މަތިން ވަރަށްބޮޑަށް ހަނދާންވާ ދުވަސްކޮޅެވެ. ނަމަވެސް ރައްޔިތުން ވަރަށް ހޭލުންތެރިވާން އެބަޖެހެއެވެ. ރައްޔިތުންގެ ވޯޓު ވިއްކައިފިނަމަ އެކަމުގެ ހިތާމަ ކުރަންޖެހޭނީ ހަމަރައްޔިތުންނަށެވެ. އެމީހެއްގެ ވޯޓު ވިއްކައިފިނަމަ އެކަމުގެ ހިތާމަ ކުރަންޖެހޭ ރައްޔިތުންނަކީ އަހަރެމެންނެވެ.
ގިނަ މީހުން އަދިވެސް ވޯޓުލަނީ ގާތް ރައްޓެއްސަކަށްވީތީއެވެ. ގާތް ރަހްމަތްތެރިއަކަށްވާތީއެވެ. އާއިލާމީހަކަށްވާތީއެވެ. ނުވަތަ ރަށުގައި އޮންނަ ކުލަބު ޖަމްޢިއްޔާއަކަށް މިޔުޒިކް ސާމާނުކޮޅެއް ދޭތީއެވެ. ނުވަތަ ކުލަބަށް މަދު ފައިސާކޮޅެއް ދޭތީއެވެ. އެފަދަ ގޮތެއްޤަބޫލުކޮށްގެން އަހަރެމެންގެ ވޯޓުލުމުގެ ހައްގު ދޫކޮށްލާ ފައިސާކޮޅު ދޭ ބަޔަކަށް ވޯޓު ދީފިނަމަ އެކަމުގެ ހިތާމަ ކުރަންޖެހޭނީ އަހަރެމެންނެވެ. އެއްފަހަރާ ލިބޭ ފައިސާކޮޅުގެ ބޭނުން ކޮށްލުމުން އެކަންއެ ނިމުނީއެވެ.
އޭގެ ބަދަލުގައި ގައުމަށާއި ރައްޔިތުންނަށް އިސްލާޙްތަކެއް ގެނެސްދޭނެ ކަމަށް ހުށަހަޅާ ފަރާތަކަށް ވޯޓުލާނަމަ އެމީހަކަށް އޭގެ ބަދަލު ރަނގަޅު ގޮތުގައި ލިބުމަށް އުންމީދު ކުރެވިދާނެއެވެ. އަހަރެމެން ރައްޔިތުން ކަރަޕްޝަންގެ މަގުހިޔާރުކޮށް އަހަރެމެން ގެ ވޯޓު ވިއްކައިފިނަމަ އެކަމުގެ ހިތާމަ ރައްޔިތުން ކުރަންޖެހޭނެއެވެ.
މިހާތަނަށް ވެސް ރައްޔިތުންގެ މަޖިލީހުގައި ކަންކަން ހިނގަމުން އެދަނީ އެގޮތަށެވެ. އެމީހުން އެގޮނޑިތަކަށް އިންތިހާބުވީ ވޯޓުގަނެގެންނެވެ. ރިޔާސީ އިންތިހާބުގައި އަހަރެމެން ލާންއުޅުނު ވޯޓު ކަތީބުންނާއި ސަރުކާރުގެ ފަރާތްތަކުންވަނީ ފޭރިގަނެފައެވެ.
ރައްޔިތުންނަށް ރަނގަޅު ހިޔާވަހިކަމެއްފޯރު ކޮށްދެވިފައިނެތީ އެކަމާ ހެދިއެވެ. ސަރުކާރަކަށް އެކަމަކަށް އެއްވެސް ގޮތަކުން ހަމަޖެހުމެއް ނުހޯދުނެވެ. ޑުރަގުގެ މައްސަލަ މިހިސާބަށް އައިއިރުވެސް އެކަމަށް ހައްލެއް ނުހޯދި އޮތުމުގައި މަޖިލީހާއި ސަރުކާރުގެ ޒިންމާ ނުހަނު ބޮޑެވެ.
ގައުމާއި ރައްޔިތުން ހަލާކު ކޮށްލުމުގެ މައިގަނޑު ޒިންމާ ސަރުކާރުން ނޫފުލަނީ މަޖިލިސް މެމްބަރުންގެ ފަރާތުން އެފަދަ ޕްރެޝަރެއް ކުރިމަތި ނުކުރެވޭތީއެވެ. ރައްޔިތުންނާއި ސިވިލް ސޮސައިޓީގެ ފަރާތުންވެސް ސަރުކާރަށް އެކަށީގެންވާ ޕްރެޝަރެއް ކުރިމަތި ކުރެވިފައި ނުވާތީއެވެ.
އެހެންވީމާ، ޒިންމާދާރު މުޖުތަމަޢެއް ބިނާކުރަން އެދޭނަމަ އަހަރެމެން އިސްލާޙްވެ ވޯޓު ލުމުގެ ހައްޤު ބޭނުންކުރަން އެބަޖެހެއެވެ.

