މައުމޫނެވެ. އެހެންމީހުންވެސް ސިއްރު ހާމަކުރަންފަށާފާނެއެވެ.

ހަމީދު- އެންމެ ގިނަ ދޮގާ މަކަރު ހެދުމުގެ ރެކޯޑު އޮންނާނެ ފަރާތް (ފޮޓޯ - )
މައުމޫނެވެ. ސިއްރުތައް ހާމަ ކުރުމަކީ މާރީތި ކަމެއްނޫނެވެ. އޭގެ ހިތި ނަތީޖާ ކަލެއަށްވެސް ފެނުމަކީ ދުރުކަމެއްނޫނެވެ. ފާއިތުވި ތިރީހަކަށް އަހަރު ލައްކަ ގިނަ ވާހަކަ އެކި މީސްމީހުންގެ ގާތުގައި ކަލެއަށްވެސް ދެއްކިފައި ހުންނާނެދޯއެވެ. އެހެންވީ އެވާހަކަތައްވެސް ޗާޕުވެގެން އެކި ސިފަ ސިފާގައި ނުކުންނަން ފެށިމާ ކަލޭ ގަންނާނެ ލަދުވެސް ވަކި ކުޑައެއް ނުވާނެދޯއެވެ. އެހެންވީމާ ކުޅަދުރު ހަތަލަށް ގާއުކާއިރު ކުޅަދުރު ހަފާނެކަން ދެނެހުރެގެން ގާއުކަމުން ދާށެވެ.
މިހާތަނަށް ތިޔަ ދެއްކި ވާހަކަތަކަށް ބަލާއިރުވެސް މާ ބޮޑު އޮއްޓަރެއް ހުރި ވާހަކައެއްގެ އަޑެއްވެސް އަދި އިވުނީކީވެސް ނޫނެވެ. ތިޔަދެއްކި ވާހަކަތަކުން ތިމާމީހާ ބޭޒާރުވުން ނޫންކަމެއްވެސް ނުވާނެއެވެ. ފުރަތަމަ ކަމަކީ ގައުމުގެ ރައީސްގެ މަގާމުގައި ހުރެ ރައީސް އޮފީހަށް އެކި މީހުންހާޒިރުކޮށް ތިމާގެ އަމިއްލަ ޕާޓީ ޕްރޮމޯޓުކޮށް އެޕާޓީއަށް އެކި މީސްމީހުންގެ ސަޕޯޓު ހޯދުމަށް މަސައްކަތް ކޮށްފައިވާތީ އެކަން ވަރަށް ބޮޑަށް ކުށްވެރިކުރަމެވެ. މާރިޔާ ރައީސްއޮފީހަށް ގެންގޮސްގެން ތިޔަ ދޮންރިހަ ޕާޓީ ޕްރޮމޯޓު ކުރަން އުޅުމުން މިހުންނަނީ ހައިރާންވެފައެވެ. އަނެއްކާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ތަފާތު ނުފޫޒުތައް ފޯރުވައިގެން މިހާތަނަށް ތިމާގެ ޕާޓީ ކުރިއަރުވާ އަމިއްލަ ގޮތް ކުރިއަރުވަން ތިޔަ މަސައްކަތްތައް ކުރަނީ ރައްޔިތުންނަށް ހިޔާނާތްތެރި ވެގެންކަމީ ދިވެހި ކޮންމެ ރައްޔިތަކުވެސް ދެނެހުންނަން ޖެހޭނެ ކަމެކެވެ.
ރައްޔިތުންނަށް ފާޅުގައި އެތައް ދޮގަކާ މަކަރަކާއި ހީލަތެއް ހަދަމުން ދާއިރު ތިމާމީހާއަށް ވަކި ވަކި މީހަކު ކޮށްދޭނަމޭ ބުނާކަމެއް ކޮށް ނުދިނުމީ އެވަރުގެ މައްސަލައެއްކަމަށް ޒައީމަށް ތިޔަ އިހްސާސްވީވެސް ދެން މާވަރަކަށެވެ. ތިމާ ރައްޔިތުންނަށާއި ގައުމަށް ތިޔަ ވަމުންދާ ހިޔާނާތާއި ކުރަމުންތިޔަދާ ބޭކާރު އިސްރާފު ހަރަދުތަކާދޭތެރޭ ވިސްނުން މާ މުހިންމު ނޫންތޯއެވެ. މައުމޫނެވެ. ޑީއާރުޕީ އަށް މަސައްކަތް ކޮށް ދޭނަމޭ ބުނެ އެކަން ނުކޮށްދިނުމީ ދެން އެވަރުގެ ކަމެއްތޯއެވެ.
ތަފާތު މުނާސަބަތުގައި ރައްޔިތުންނަށާއި ގައުމަށް ތިމާ ހަދާފައިވާ ދޮގުތަކާއި ވެފައިވާ ވަޢުދުތަކާ މެދު އަމިއްލައަށް ވިސްނުންމާ ބުއްދިވެރިވާނެއްނޫންހެއްޔެވެ.
ޒަކީ ދިހަވަރަކަށް އަހަރު ކެބިނެޓުގައި ތިޔަ ގެންގުޅުނީ އެހާ އަހްލާޤީ ފެންވަރު ދަށް މީހެއްގެ ގޮތުގައި ހުއްޓާތޯއެވެ. އެހެން ކަމަށްވަންޏާ ތިމާ ގެ ޒިންމާ މާބޮޑުވާނެދޯއެވެ. މައުމޫނެވެ. ކަލޭ ރައީސަށް ވީތީ ރައްޔިތުން ކަލެއަށް ހުށަހަޅާފައިވާ ކަންކަން ޒައީމަކަށްވެ ތިޔަގޮތަށް ހާމަކުރުމީ ދެން ތިމާގެ ތަސައްރަފް ނުފުދޭކަންދޯއެވެ.

