6 ސެޕްޓެމްބަރ 2010
ފަހުގެ ސުރުޚީތަކުގެ ތެރެއިން:


ޑީއާރުޕީގެ އިސްމީހުންނަށް ސަރުކާރުން މުސާރަދެނީ

30 ނޮވެމްބަރ -0001 -



ޑީއާރުޕީގެ އިސްމީހުން މުސާރައާއި އިނާޔަތްތައް ދެވެނީ ރައްޔިތުންގެ ފައިސާއިން މިކަން ހުއްޓުވަން އެބަޖެހޭ (ފޮޓޯ - )

ސަރުކާރުގެ މުވައްޒަފުންގެ ތެރޭގައި ދެވައްތަރެއްގެ މީހުން އެބައުޅެއެވެ. އެއްވައްތަރަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އޮފީސްތަކަށް ލައްވާފައިވާ މުވައްޒަފުންނެވެ. މިބައިމީހުންނަކީ ސިވިލްސާރވިސް ޤާނޫނުގެ ދަށަށްފެތި ރައްޔިތުންނަށް ހިދުމަތްދޭން ޖެހޭމީހުންނެވެ. ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިނުވެ ހަމައެކަނި ސަރުކާރުގެ ވަޒީފާގެ މައްސޫލިއްޔަތަށް އެބައިމީހުން ހުސްވާންޖެހެއެވެ. މިބައިމީހުންނަށް ޕްރޮމޯޝަން ލިބުމުގައި ވަރަށް ބޮޑަށް ގަވާޢިދަށް ބެލެއެވެ. ކަނޑައެޅިފައިވާ ވަކި އުސޫލަކުން މެނުވީ މިމީހުންގެ ވަޒީފާގެ އެއްވެސް ކަމެއްނުހިނގައެވެ. މުވައްޒަފުންގެ ތެރެއިން އެންމެ ނިކަމެތިކޮށް ހިތެނީ އެމީހުންނަށެވެ.


ނަމަވެސް ވަކި ފަންތިއަކަށް ޖެހިލުމުން މިހުރިހާ ކަމަކުން ސަލާމަތްވެއެވެ. މިނިސްޓަރުންނާއި ނާއިބުންގެ ގޮތުގައި ތިބި މީހުންނަކީ މައުމޫނުގެ ސަރުކާރު ހިމާޔަތްކުރުމަށް ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރައާއި ޢިނާޔަތްތައް ދެވިފައިވާ ބައެކެވެ. މިގުރޫޕުގެ މީހުންގެ ތެރޭގައި ގިނައީ ޑީއާރުޕީއަށް ނިސްބަތްވާ މީހުންނެވެ. ރަސްމީގަޑީގައި ވެސް އެހެން ގަޑިތަކުގައިވެސް މިމީހުންގެ ވާޖިބަކަށް ވެފައިމިއޮންނަނީ ރައީސްމައުމޫނުގެ ޕާޓީ ހިމާޔަތްކުރުމެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް މައުމޫނު ހޮވޭނެ ގޮތަކަށް ނުވަތަ މަޖިލީހުން ތިމާޔަތް ލިބިފައިވާ ގޮނޑި ދިފާޢުކޮށް މިއަންނަ ދައުރައްޓަކައި އަތޮޅުގެ ކަންކަން ހަމަޖެއްސޭނެ ގޮތްތަކެއް ރޭވުމެވެ. މި ގުރޫޕަށް ޕްރޮމޯޝަން ދިނުމުގައި ހަމައެއް ލަމައެއްނޯވެއެވެ. ޢިނާޔަތްތައް ލިބުނުގައި މިންގަޑެއް ނޯވެއެވެ.


މި ދެގުރޫޕަށް ވެސް މުސާރަ ދެނީ ރައްޔިތުންގެ ފައިސާއިންނެވެ. ނަމަވެސް މައުމޫނާއި އޭނާގެ ޕާޓީ ޕްރޮމޯޓުކުރުމަށް ސަރުކާރުން ދެތިން ހަތަރު މުސާރަ މިއިން ކޮންމެ މީހަކު އެބަނަގައެވެ. މިސާލަކަށް ޑީއާރުޕީގައި އުޅޭ އަނީސާ އަށް ބަލާލާށެވެ. ރައްޔިތުންގެ މަޖިލީހުގެ މ.އަތޮޅު މެމްބަރުކަމުން ފަސްދޮޅަސް އެތައް ހާސް ރުފިޔާއެއް ނެގުމުގެ އިތުރުން ހާއްސަ މަޖިލީހުގެ މެމްބަރު ކަމުން އެތައްހާސް ރުފިޔާއެއް އެބަ ނަންގަވައެވެ. އޭގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު ކަމުންވެސް ލައްކައަކާ ގާތަށް އެބަ ފައިސާ ނަންގަވައެވެ. މިހުރިހާ ކަމަކަށް ވެސް މުސާރައާއި ހުރިހާ ޢިނާޔަތެއް މިދެނީ ހަމަ ރައްޔިތުންގެ ފައިސާއިންނެވެ. ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދަށް ބައްލަވާލައްވާށެވެ. ވ. އަތޮޅުގެ މެމްބަރުކަމުގެ މުސާރައާއި ޚާއްޞަ މަޖިލީހުގެ މެމްބަރުކަމާއި ވަޒީރުކަމުގެ މުސާރައާއިއެކު އެދަނީ ދެލައްކައެއްހާ ރުފިޔާ ނަންގަވަމުންނެވެ. މިފަދަ އެތައް ބަޔަކު އެބަތިއްބެވެ. ޑީއާރުޕީގެ އިސްސަފުގައި ހަރަކާތްތެރިވާ މަވޯޓާ ޝަރީފާއި ކުވާ ޝާފިއުއަކީވެސް މިގޮތުން މިއިނާޔަތްތައް ލިބޭމީހުންނެވެ.


ސިވިލްސާރވިސްގެ ގާނޫނުގެ ދަށުން އެންމެހާ މެމްބަރުންނަށް ވަޒީފާއިން ވަކިވާން ޖެހުނުއިރު ޑީއާރުޕީއަށް ނިސްބަތްވި މީހުންކޮޅު ސަރުކާރުގެ ކުންފުނިތަކުގެ އިސްސަފަށްވަނީ ކަހާލާފައެވެ. މިފަދަ ކަންކަން ހުއްޓުވޭނީ ރައްޔިތުންނަށެވެ. މިފަދަ ކަންކަމާ ދެކޮޅަށް ފިޔަވަޅެއްއެޅީ ގާނޫނު ހަދާ ފަރާތްތަކާއި ސަރުކާރު ހިންގާ ފަރާތްތައް މިހާރަށްވުރެ ޒިންމާ ދާރު ކުރުވައިގެންނެވެ. މިކަމަށް ހައްލެއްހޯދުމަށް ރައްޔިތުންނަށް ލިބޭ ވޯޓު ލުމުގެ ހައްޤުގެ ބޭނުންކޮށް މައުމޫނަށް ނޫނެކޭ ބުނަން އެބަޖެހެއެވެ.

]]>